ޚަބަރު

ކޮންމެ ގޭބިސީއަަކަށް ދެ ލެޑްބޮކި ބަހަން ފެނަކައާ ހަވާލުކޮށްފި

1

ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ބަހަން އެންވަޔަރަންމަންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތް ފެނަކައާ ހަވާލު ކުރުމުގެ އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އެ އެއްބަސް ވުމުގައި ސޮއިކުރެއްވުމަށްފަހު ލެޓް ބޮކިތަކާ ހަވާލުވެލެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މި ލެޑް ބޮކި ތަކަކީ، އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް)އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200000 ލެޑް ބޮކިތަކުގެ ތެރެއިން ފުރަތަމަ 5000 ލެޑް ބޮތްކެވެ.

މި ބޮކިތަކަކީ ތިމާވެއްޓާއި ރަހުމަތްތެރި އަދި ކަރަންޓު ހަރަދު ކުޑަ ލެޑް ބޮކިތަކެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟