ޚަބަރު

ތޫނު އެެއްޗަކުން ބިރު ދައްކައިގެން 50،000 ރުފިޔާ ފޭރިގަނެފި

އިބްރާހިމް ޒަކީ

ތޫނު އެެއްޗަކުން ބިރު ދެއްކުމަށްފަހު 50،000 ރުފިޔާ ފޭރިގަނެފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:15 ހާއިރު މިހާދިސާ ހިނގީ ހ. ލަންސިމޫގޯޅީގައި ކަމަށާއި، ހެލްމެޓް އަޅައިގެންއައި މީހަކު ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ފައިސާތައް ފޭރިގަތީ އެ ގޯޅިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ކަމަށެވެ.

ފުލުހުންބުނީ، އެ ފައިސާތައް ފޭރުނު މީހާ މިހާރު ފުލުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށާއި، 20 އަހަރުގެ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހެލްމެޓް އަޅައިގެން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ފައިސާތައް ފޭރިގަނެގެން ދުވެފައި ދަނިކޮށް، އެވަގުތު އެސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.