ޚަބަރު

މުލަކު ބޯޓު ޔާޑުގައި ރޯވެއްޖެ

މަރިޔަމް ޝަހުދާ

މ.މުލަކު ބޯޓު ޔާޑުގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ މުލަކު ބޯޓު ޔާޑު ސަރަހައްދުގައި ރޯވެފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 4:17 ހާއިރު ކަމަށެވެ. އެގޮތުން ރޯވެފައި ވަނީ ބޯޓު ޔާޑުގައި ހަދަމުން ދާ 22 ފޫޓުގެ ޑިންގީއަކާއި ހަރުގޭގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި އަލިފާންގަނޑު ވަނީ ރޭ ފަތިހު 4:45 ހާއިރު ކޮންޓްރޯލް ކުރެވިފައެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފުލުހުންނާއި ރައްޔިތުން އެކީ ކުރި މަސައްކަތުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުންއަންނަނީ އިރުތަށް ތަހުގީގު ކުރަމުންނެވެ.