ޚަބަރު

ހުސްވިމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ރުފިޔާގެ ލިބިއްޖެ

ހުސްވި މާޗްމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ހުސްވި މާޗް މަހު ލިބުނު އާމްދަނީގެ އަދަދަކީ 2018ވަނަ އަހަރުގެ މާރޗުމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ %2.1 ދަށް އަދަދެކެވެ. ނަމަވެސް މިއީ މިދިޔަމަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %15.1 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނެފައިވާ ގޮތުގައި މާޗް މަހު ލިބުނު އާމްދަނީ ދަށްވެފައިވަނީ ޖީއެސްޓީގެ ގޮތުގައި ޓެކްސްދަށްކަންޖެހޭ ފަރާތްތަކުން މީރާއަށް ފައިސާ ނުދައްކައި ހުރުމުންނާއި، ޓޫރިޒަމް ލޭންޑް ރެންޓް ބައެއް ފަރާތްތަކުން ނުދައްކައި ހުރުމުންނެވެ.

މާޗް މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. މިއީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއެވެ. ޖީއެސްޓީން ލިބިފައިވަނީ 732.1 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑު ރެންޓުންނެވެ. އެއީ 355.8 މިލިއަން ރުފިޔާއެެވެ. މި މުއްދަތުގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ، ބީޕީޓީގެ ގޮތުގައި 87 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.