ޚަބަރު

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފަތިމަތު ލިއުޝާ

ހއ. ބާރަށު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޕުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ހއ. ބާރަށް، ސައިނިންސްޓާ، މުހައްމަދު ތައުފީ (35އ) ކަމަށެވެ.

އެނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 01:35 ހާއިރެވެ. އަދި މިހާރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 ހާއިރު ކަމަށް ވެސް ޕޮލިހުން ބުންޏެވެ. އަދި އޭރު ތައުފީގު ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ބުންޏެވެ.

.

ފުލުހުން ވަނީ މުހައްމަދު ތައުފީގުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.