އަލިފާނުގެ ހާދިސާ

އެރިޔަދޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އެރިޔަދޫގެ ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ފުލުހުން ކޮންޓްރޯލްކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:40 ހާއިރު އެރިޔަދޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އަލިފާން ނިއްވުމުގައި ކައިރި ރިސޯޓުތަކުންނާއި މާމިގިލީ އެއާޕޯޓްގެ ފަޔަރު ޓީމާއި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މާމިގިލީގައި ތިބި ވޮލަންޓިއަރު ފަޔަރު ޓީމާއި އާންމުން ވެސް އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.