މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

އާޓިފިޝަލް ބީޗް އެއް މަސްދުވަހަށް ބަންދުކުރަން ނިންމައިފި

މާލޭ އިރުމަތި ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެއް މަސްދުވަހުގެ މުއްދަތަށް އެސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ބީޗް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އާރޓިފިޝަލް ބީޗްގެ މޫދަށް އެރޭ ސަރަޙައްދު، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ނިޔަލަށް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އާރޓިފިޝަލް ބީޗް ހިމެނޭ ސަރަޙައްދު ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ނިމެންދެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ބަންދު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްގީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.