ގޯތި ދިނުމަށް ޓަކައި ހުޅުމާލޭންނާއި ދިޔަނެރު ފަޅު އަދި ތިލަފުށިން ބޭނުންވާ ބިން ހިއްކުމަށް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ސީއެމްސީއަކީ ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.
އާބަންކޯއިން ބުނީ ސީއެމްސީއާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއާ ޑީއިން 9.6 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އާބަންކޯއިން ބުނީ، މި މަޝްރޫއުގެ ސަބަބުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި އިންޑްސްޓްރިއަލް ބޭނުންތަކާއި މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.