ރޭ ފަތިހު މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރޭ ފަތިހު 3:45 ހާއިރު ގ.ރެޑް ޕާރލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ތިން ފަންގިފިލާއަކަށް ވަނީ މީހުންނަށް ދިރިނޫޅެވޭނެ ވަރަށް ގެއްލުންވެފައެވެ. ޑިޒާސްޓަރއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ތިން ފަންގިފިލާގައި އުޅޭ 10 ފަރާތަކަށެވެ. އެއީ 5 އަންހެނުންނާއި، 4 ފިރިހެނުން އަދި 18 އަހަރުން ދަށުގެ އެއް ކުއްޖަކަށެވެ.
ޑިޒާސްޓަރއިން މައުލޫމާތު ދިން ގޮތުގައި އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިން 10 ފަރާތުގެ ތެރެއިން 7 ފަރާތަކަށް ވަނީ ދުމުގެ އަސަރު ކުރުމުގެ ސަބަބުން އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
ޑިޒާސްޓަރއިން ވަނީ ހާލުގައި ޖެހުނު 10 ފަރާތަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައެވެ.