އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އަންހެން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އިބޫގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ޕްރައިވެޓް ސެކްޓަރގައި ކުރިމަވަމުންދާ ދަތިތައް އަންހެން ވިޔަފާރިވެރިން ހިއްސާކުރި ކަމަށެވެ.
ގިނަ އަދަދެއްގެ އަންހެން ވިޔަފާރިވެރިންތަކެއް ބައިވެރިވި އެ ބައްދަލުވުމުގައި ފައިނޭންސް ހޯދަން ހުރި ދަތިތަކާއި ޕްރައިވެޓް ސެކްޓާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް މިހާރަށްވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދީ އަދި ގޭގައި ތިބެގެން ވެސް އަންހެނުންނަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިބޫގެ އޮފީހުން ބުންނެވެ.
އިބޫ މިއަދު އަންހެން ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި އިރު، އެމަނިކުފާނު ވަނީ ދާދި ފަހުން ޒުވާން ފިރިހެން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ.