ޚަބަރު

ފޯޖަރީގެ މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ފުލުހަށް ހާޒިރުވާން އަންގައިފި

މުހައްމަދު އިޝާން

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ނެށުންތެރިޔާ، އަލީ ޝާހިދު (ސްޓެޕް އައްޔަ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު ބުނީ ސްޓެޕް އައްޔަ އެ އިދާރާއަށް ހާޒިރުވާން އަންގައި، އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކުރީ އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެން މައްސަލައަކާ ގުޅިގެން މީގެ ކުރީންވެސް ސްޓެޕް އައްޔަ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ކުރިން ފުލުހެއްގެ ވަޒީފާގައި އުޅުނު ސްޓެޕް އައްޔަ ވަނީ ފަހުން ނެށުމުގެ ދާއިރާއަށް ނުކުމެފައެވެ. އެފަހުން ޕީޕީއެމްގެ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށްފަހު މިހާރު އުޅެނީ އެމްޓީޑީގައެވެ.