އައްޑޫ ސިޓީ ހިތަދޫގައި ފިހާރައެއް ފަޅައިލައި، ފޯނުތަކެއް ވަގަށްނެގި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެރޭ ފަތިހު 4:02 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި ހުރި ''އީ- ހަބް'' ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލުމަށްފަހު ފިހާރައިން ފޯނުތަކެއް ގެންދިޔަކަމުގެ މައުލޫމާތު އާންމު ފަރާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމައުލޫމާތާ ގުޅިގެން ފުލުހުން ހަތަރު ގެއެއް ބަލައި ފާސްކޮށް، ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އީ- ހަބު ފިހާރައިގެ ބޮޑު ދޮރުގެ ބިއްލޫރިގަނޑު ތަޅައިލުމަށްފަހު ފިހާރައަށް ވަދެ، ޝޯކޭސްގައި ހުރި ފޯނުތަކަކާއި ކައުންޓަރު ވަތްގަނޑުގައި އޮތް ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ.