ޚަބަރު

ރާއްޖެއަށް 103 ފަހަރު އައި ޖަޕާނުގެ ފަތުރުވެރިޔަކަށް ހާއްސަ މަރުހަބާއެއް

ރާއްޖެއަށް 103 ފަހަރު އައިސްފައިވާ ފަތުރުވެރިޔަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖަޕާނަށް ނިސްބަތްވާ ނައިޓޯ ޓަކާޝީ, 76އ. 103 ވަނަ ފަހަރަށް ރާއްޖެ އައީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އޭނާ މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަފާރީ ބްލޫ, ފަން އަޒުލް ފްލީޓުގަ އެވެ. އެ ސަފާރީގައި އޭނާ 8 ދުވަސް ހޭދަކުރުމަށްފަހު މިހާރު ވަނީ ރާއްޖެއިން ފުރައިފައެވެ.

އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވަނީ ހާއްސަ ހަދިޔާއެއް ދެއްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ޓަކާޝީ ވަނީ މިދިޔަ 24 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 5-3 ފަހަރު ރާއްޖެ އައިސްފައެވެ.