ޚަބަރު

ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުން ޒުވާނަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސް ލީކުވެފައި ހުއްޓައި ރޯކުރުމުން، 20 އަހަރުގެ ޒުވާނަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން "ވަން" އަށް މިއަދު ބުނީ އެ ހާދިސާ ހިނގާފައިވަނީ އެދުރުހިޔާގެ އެޕާޓްމެންޓެއްގައި ގޭސް ލީކްވެފައި ހުއްޓައި އުނދުން ޖެއްސުމުން ކަމަށެވެ. އެގޮތުން އެ އަންހެން ކުއްޖާގެ ގައިގައި ރޯވެގެން ރިޕޯޓް ކޮށްފައިވަނީ ރޭ 10:56 ހާއިރު ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ޒުވާނާގެ 18 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އޭނާގެ މޫނާއި ފަޔާއި އަތްވެސް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އައިޖީއެމްއެޗުން މިއަދު "ވަން" އަށް ބުނީ 20 އަހަރުގެ އަންހެން ކުއްޖަކު ފިހިގެން ރޭ އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.