ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އިސްލާމީ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން މަސައްކަތް ކުރުމަށް އައްޝައިޚު އަލީ ޒައިދު އިލްތިމާސްކުރައްވައިފިއެވެ.
ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މުޅި ގައުމު އޮތީ ރައީސް ސޯލިހުއާއި އެމްޑީޕީގެ އަތްމަތީގައި ކަމަށެވެ.
އެހެންކަމުން އޭނާގެ އެންމެ އިސް އެދުމަކީ ސަރުކާރާއި މަޖިލީހުން އިސްލާމީ އުސޫލުތަކާއި ހަމަތައް ހިފަހައްޓައި، ދީނާއި ހިލާފުނުވާނެ ފަދައިން އެންމެ ބޭފުޅުންގެ ބަހާއި އަމަލުތައް ބަހައްޓައިގެން ގައުމު ތަރައްގީ ކުރުން ކަމަށް ވިދާޅުވިއެވެ.