ބޯހިޔާވަހިކަމަށް ލޯނު ދޫކުރުމަށް ހާއްސަ ބޭންކެއް ގާއިމްކުރުމަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މެނިފެސްޓޯގައިވާ ގޮތުން، ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުމާއި ބިން ދަތި ރަށްރަށުގައި ހައުސިން ޔުނިޓްތައް ގާއިމުކުރުމަށް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން، ހައުސިން ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކޮށް، ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރެސްޓް ހަ ޕަސެންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދޭނުމަށްވެސް ހިމަނާފައިވެއެވެ.