ޚަބަރު

ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަދީލް

އިބްރާހިމް ޒަކީ

އަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްއެންޕީގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވައިފިއެވެ.

ނާޒިމްގެ ރަނިންމޭޓަކަށް، އައްޑޫ މުހިއްބުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖެއްސެވިކަން އިއުލާން ކުރުން އޮންނާނީ، އެކަމަށްޓަކައި ބިލަބޮންގް ސްކޫލްގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.

ޑރ. އަހުމަދު އަދީލް ނަސީރު ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ވާދަކުރައްވައިފައެވެ.

އައްޑޫ މުހިއްބުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލަކަމުގެ މަގާމުގެ އިތުރުން އަދީލް ވަނީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަމާއި އައްޑޫ އިސްލާމިއްޔާ ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.