ޚަބަރު

އިންތިހާބުގައި ފުލުހުން ދެއްކި ޕްރޮފެޝަނަލިޒަމް އަށް ފަހުރުވެރިވަން: ސީޕީ

އަހުމަދު ޖައިޝަން

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުލުހުން ދެއްކި ޕްރޮފެޝަނަލިޒަމް އަށް ފަހުރުވެރިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަމާ ގުޅިގެން ފުލުހުން ވަނީ "ބްލޫ ޓައިޑް"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ ޓްވީޓްގައި ހަމީދު ވިދާޅުވީ އެ އޮޕަރޭޝަން ހިންގުމުގައި ހަރަކާތްތެރިވި ކޮމާންޑަރާއި ޑެޕިއުޓީ އަދި އޮފިސަރުންގެ ބުރަ މަސައްކަތައް މަރުހަބާ ދަންނަވާކަމަށެވެ.

އޮޕަރޭޝަން ބްލޫޓައިޑްގެ ދަށުން އިންތިހާބު ކުރިއަށް ދިޔަ ވަގުތު ހަމަޖެހުން ގާއިމުކުރުމާއި ވޯޓުލުން އަމާންކަމާއެކުގައި ކުރިއަށް ގެންދިޔުމަށް ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.