އަލިފާނުގެ ހާދިސާ

އައްޑޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ މީދޫ ފުއްޓަރު ފަރާތު ދަނޑު ބިން ސަރަހައްދުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި މިރޭ ރޯވެފައިވަނީ ބިން ސާފު ކުރުމަށްފަހު މީހަކު ރޯކޮށްލި އަލިފާން، އެ ސަރަހައްދަށް ފަތުރުމުންނެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް އިން މިހާރު ވަނީ ނިއްވާލައިފައެވެ.