އިއްޔެ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ގޮނޑި ހިމެނޭއިރު، ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އަންހެން ކެނޑިޑޭޓުންނަށް ކާމިޔާބުކުރެވިފައިވަނީ ހަތަރު ގޮނޑި ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
މިއީ ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީގުގައި ތިއްބެވި އަންހެން މެންމަރުންނަށްވުރެން މަދު އަދަދެކެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އަންހެން ފަސް މެންބަރުން ތިއްބެވިއެވެ.
މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އަންހެން ކެނޑިޑޭޓުންނަކީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ތުޅާދޫ ދާއިރާގެ ކެނޑިޑޭޓް ހިސާން ހުސައިން އަދި ހިންނަވަރު ދާއިރާގެ ކެނޑިޑޭޓް ޖީހާން މަހްމޫދެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހަށް ދާއިރާތައް އިތުރުކޮށްފައިވާއިރު އިންތިހާބުގައި 35 އަންހެން ކެނޑިޑޭޓުން ވާދަކުރެއްވިއެވެ.
ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އަންހެން މެންބަރުންނަކީ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ.
އެ ބޭފުޅުންގެ ތެރެއިން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، ދެ ބޭފުލުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. މިއަހަރުގެ އިންތިހާބު ކާމިޔާބުކުރައްވައިގެން އަލަށް މަޖިލިހަށް ވެންވި އަންހެން ބޭފުޅުންނަކީ، ތުޅާދޫ ދާއިރާގެ ކެނޑިޑޭޓް ހިސާން ހުސައިން އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.
ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި، އަސްމާ ރަށީދާއި އަނާރާ ނައީމު، އެބޭފުޅުންގެ ދާއިރާތަކުންވާދަ ކުރެއްވި ނަމަވެސް ކާިޔާބު ލިބިވަޑައެއް ނުގަތެވެ.
އިންތިހާބު ކާމިޔާބުކުރި ހުރިހާ އަންހެން ކެނޑިޑޭޓުންނަކީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.