ރައީސް ޔާމީން

މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް ޔާމީން ވޯޓެއް ނުދެއްވާ

މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓެއް ނުދެއްވައެވެ.

ޕީޕީއެމްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ މިއަދު ބޭއްވި އިންތިހާބުގައި އެމަނިކުފާނު ވޯޓު ނުދެއްވަން ނިންމަވާފައިވާކަމަށެވެ. އެހެން ނިންމެވި ސަބަބެއް ނޭނގެއެވެ.

ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ.

އެދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ ޖަމީލާ އަލީ ހާލިދެވެ. އަދި މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަމަށްވާ ފާރިސް މައުމޫނާއި އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.