ޚަބަރު

18 އަހަރު ވުމުން ވޯޓުލުމަކީ މަޖުބޫރުކަމެއް ކަމަށް ހަދަން ފެނޭ: ޝިފާ

މަރިޔަމް ޝަހުދާ

3

18 އަހަރު ވުމުން ވޯޓު ލުމަކީ މަޖުބޫރު ކަމެއް ކަމަށް ހަދަން ފެންނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ވޯޓު ލުމަކީ މަޖުބޫރު ކަމަކަށް ހަދަން ފެންނަ ކަމަށެވެ. އަދި 18 އަހަރު ވުމުން ވޯޓު ލުން މަޖުބޫރު ކުރުމުގެ ގޮތުން ޑިމޮކްރަސީގެ އަސާސްތައް މުގައްރަރުގައި ހިމެނުމަށް ފެންނަ ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑިމޮކްރަސީގެ އަސާސްތައް މުގައްރަރުގައި ހިމަނައި، ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން މިކަންކަން ބައްޓަންކުރަން ފެންނަ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުން މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު ހެނދުނުން ފެށިގެން ވޯޓުލަމުން އަންނަ އިރު %46.72 އިންސައްތަ މީހުން އަދިވެސް ވޯޓު ނުލާކަމަށް އިލެކްޝަނުން މީގެ ދެގަޑިއިރު ކުރިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟