ވަގުތު އިތުރުކޮށް މިއަދު 18:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިކަން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވަނީ "ވަން އޮންލައިިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މީގެ ކުރިން އަކްރަމް ވަނީ ވޯޓު ލުމުގެ ވަގުތު އިތުރު ކުރުމުގެ ވިސްނުމެއް ގެންގުޅެނީ ހަމަ އެކަނި ތިލަފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން އަކުރަމް ވިދާޅުވީ، މިއަދު 18:00 އަށް ވޯޓު ލުމުގެ ގަޑި އިތުރު ކުރަން ނިންމާފައިވާކަމަށާއި އެގޮތަށް ނިންމީ ހޫނު ގަދަ ވުމުގެ ސަބަބުން ވޯޓު ލުމަށް އަންނަ މީހުން މަދުވެދާނެކަމަށް ޓަކައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވޯޓު ލުން ކުރިއަށްގެންދާ ހުރިހާ ފޮށްޓަކަށް ވޯޓުލުމުގެ ވަގުތު 2 ގަޑިއިރު އިތުރު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހެނދުނު 08:00 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުލާން ފަށައިފައެވެ. މިހާތަނަށް މި އިންތިހާބު ކުރިއަށް ދަނީ ބޮޑެތި މައްސަލަތައް ދިމާނުވެ ވަރަށް އަމާން ކަމާއެކުގައެވެ.