މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމާންކަމާއެކު ވޯޓުލުން ކުރިއަށްދާތީ ރާއްޖޭގައި ސުލްހަވެރި ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮތްކަން ދޭހަވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ބިއްލޫރިޖެހިގޭގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށް މިއަދު ހެނދުނު ވޯޓް ލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ވީހާވެސް ގިނަ ބަޔަކު މި ފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ނިކުތުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.