ސ. ފޭދޫ ގެއަކުން ސައިކަލެއް ނެރެ، ސައިކަލުގައި ރޯކޮށްލައިފި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ސައިކަލުގައި ރޯކޮށްފައިވާކަން އެނގިފައިވަނީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފޭދޫ ބޯޅަދަނޑު ސަރަހައްދަށް ދިއުމުންނެވެ. ފުލުހުންނަަށް މިކަން އެނގިފައިވަނީ ރޭ ފަތިހު 4:50 ހާއިރު އެވެ.
ރޯކޮށްލާފައި ވަނީ ފޭދޫ ބޯޅަދަނޑު ކައިރީގައިހުރި ގެއެއްގެ ގޯތި ތެރެއިން ސައިކަލެއް މަގުމައްޗަށް ނެރުމަށްފަހުކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މި ހާދިސާގެ ސަބަބުން އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމަތެއް ނުލިބެއެވެ. ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.