ޚަބަރު

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ގިނަ ސަރަހައްދުތަކެއްގައި ފަށައިފި އެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާނީ މިއަދު ހެނދުނު 08:00އިން ފެށިގެން ހަވީރު 04:00 އަށެވެ.

ހަތަރެއް ޖަހަންދެން ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރާތާ 30 މިނެޓު ފަހުންނެވެ. ހަތަރެއް ޖެހުމުގެ ކުރީން ވޯޓު ކިޔުގައި ޖެހޭ ހުރިހާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަނީ ކެމްޕެއިން ކުރުމުގެ ފުރުސަތު މީގެކުރީން ހުޅުވާލާފައެވެ. ކެމްޕޭން ކުރުމުގެ ފުރުސަތު އިއްޔެ ހަވީރު 06:00ގައި ވަނީ ބަންދުވެފަ އެވެ.

މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

މި އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 505 ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ.