މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ސަރަހައްދުގައި ބޭނުންވާ ހުރިހާ ތަކެއްޗެއް ޑިސްޕެޗް ސެންޓަރަށް ގެންގޮސް ނިންމާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓަށް ބޭނުންވާ ތަކެތި ޑިސްޕެޗް ސެންޓަރަށް ގެންގޮސް ނިމިފައިވަނީ މިއަދު ކަމަށެވެ.
އެތަކެތީގެ ތެރޭގައި ވޯޓިން ސެންޓަރުތަކުގައި ބޭނުންކުރާނެ ފަންކާ އާއި މައުލޫމާތު ބޯޑުތައްވެސް ހިމެނެއެވެ.
އިލެކްޝަންސް އިން ވަނީ އިންތިހާބުގެ ނަތީޖާ އާންމުކުރާ ވެބްސައިޓުވެސް އާންމުކޮށްފައެވެ. އެއީ results.elections.gov.mv
މާދަމާގެ އިންތިހާބުގައި 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.
މި އިންތިހާބުގައި 387 ކެންޑިޑޭޓުން ވާދަކުރާ އިރު، 505 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.