ޚަބަރު

އަދުލު އިންސާފު ގާއިމް ކުރުމަށް ވައުދުވާ އަދި ވަކާލާތު ކުރާ ބަޔަކަށް ވޯޓު ދެއްވާ: ހުސްނުއްސުއޫދު

މަރިޔަމް ޝަހުދާ

އަދުލު އިންސާފު ގާއިމް ކުރުމަށް ވައުދުވާ އަދި ވަކާލާތު ކުރާ ބަޔަކަށް ވޯޓު ދެއްވުމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު އެދިވަޑައިގެންފި އެވެ.

މިއަދު ކުރި ޓުވީޓެއްގައި ސުއޫދު ވަނީ ވޯޓަކީ އަމާނާތެއް ކަމަށް ވިދާޅުވެފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިޔަށް ދާ އިރު، މިއަދު ހަވީރު 6:00ގައި ކެމްޕޭން ކުރުމުގެ ފުރުސަތު ބަންދުވާނެ އެވެ.