ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ނެރުނު ދެވަނަ އަމުރު ވެސް ބާތިލްކޮށް، އެކައުންޓުތައް ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުރަތަމަ އަމުރުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވާތީ ފުލުހުން ހޯދާފައިވާ ދެވަނަ އަމުރު ވެސް މިހާރު ވަނީ ބާތިލްކޮށް، ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލައިފައެވެ.
ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ފުރަތަމަ އަމުރު ބާތިލްކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެ އަމުރު ބާތިލްކޮށްފައިވަނީ އަމުރު ބާތިލްކޮށްދިނުމަށް އެދި، ރައީސް ޔާމީން ހައި ކޯޓަށް ހުށަހެޅުމުންނެވެ.
ކޯޓުން ނެރުނު އަމުރާ ގުޅިގެން ފްރީޒްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެކެވެ.