މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން ކަމަށް ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
"އެމްއާރްއެމްގެ ތާއީދާއެކު މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ އެ ދާއިރާތަކުގެ ރައްޔިތުން، މާދަމާ އެމްއާރްއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ 20 ކެންޑިޑޭޓުންނެވެ. އެއީ،