ޚަބަރު

ސެމްސަންގްގެ 100 އިންޗީގެ ޓީވީ ދައްކާލައިފި، އަގަކީ 8،000 ޑޮލަރު!

ކުރިން ލިބެން ހުރި އެންމެ ބޮޑު ޓީވީގެ ބޮޑު މިނަކީ 85 އާއި 98 އިންޗިއެވެ. ނަމަވެސް މިހާރު މިއޮތީ 100 އިންޗީގެ ޓީވީއެއް ބެހެއްޓުމަށް ޖާގަ ހަދަން ޖެހިފައެވެ. ސެމްސަން ކުންފުނިން ދެން ނެރޭ ދުނިޔޭގެ އެންމެ ފުރިހަމަ އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ 100 އިންޗީގެ ޓީވީގެ އަގަކީ 8،000 ޑޮލަރެވެ.

98Q80C މި ބޮޑު ޓީވީއަކީ ކިއުއެލްއީޑީ ޑިސްޕްލޭ ހިމެނޭ އުޖާލާ ތަސްވީރުތަކާއި އެންމެ ފުރިހަމަ ކުލަތައް ހިމެނޭ މޮޑެލްތަކުގެ ސާފް ފޮޓޯ (އިމޭޖް) ކޮލިޓީ ލިބޭނެ ހަމަ އެކަނި ޓީވީއެވެ. މި ޓީވީ އެންމެ ކައިރިން ވާދަކުރާނީ އެލްޖީ ބުރޭންޑްގެ 97 އިންޗީގެ އޯއެލްއީޑީ ޖީ2ގެ ޓީވީއެވެ. ނަމަވެސް ސަމްސަން 100 އިންޗީގެ ޓީވީ ހުރިހާ ގޮތަކުންވެސް ސުރިހަމަވާނެއެވެ. ސްމާޓް ޓީވީތަކުގެ ތެރޭގައި މި ބޮޑު ޓީވީއާއި ވާދަކޮށްލެވޭނެ އެހެން ވާދަވެރިއެއް އަދި ނެތެވެ.

މި ޓީވީގެ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ސެމްސަންގްގެ ނިއޯ ކިއުއެލްއީޑީ ހިމެނޭ ކިއުއެން90ބީ ނުވަތަ އެހެން މޮޑެލްތަކަށް ވުރެ ރަނގަޅަށް ކިއު80ސީ ޕާފޯމް ކުރާނެއެވެ. އެހެން ޓީވީތަކުގައި ކިއު80ސީއާ ހިލާފަށް މިނީ އެލްއީޑީ ބެކްލައިޓްތައް ބޭނުންކުރާތީ، ޓެސްޓްތަކުގައި އެއަށްވުރެވެސް އުޖާލާ ތަސްވީރުތަކާއި މާ ސީދާ ހައި ޑައިނަމިކް ރޭންޖް ޕާފޯމަންސެއް މި ޓީވީން ލިބިގެންދެއެވެ.

ނަމަވެސް ކިއު80ސީ އިން ފުލް އެރޭ ލޯކަލް ޑިމިންގް ލިބޭއިރު، އެ ފީޗާ ނެތް ޓީވީތަކާ އަޅާބަލާއިރު އޭގެ ޕިކްޗާ ކޮލިޓީއަށް ވުރެ ހުރިހާ ގޮތަކުންވެސް ސަމްސަންގެ އެންމެ ފަހުގެ މި ޓީވީ ކުރި ހޯދައެވެ. .

ފޫޓުން ބަލާއިރު 8 ފޫޓަށްވުރެ ބޮޑު ޑައިގޮނަލް ސްކްރީން ހިމެނޭ އެލްސީޑީގެ މި ބޮޑު ޓީވީގައި އެންމެ ފުރިހަމަ ހައި ޑެފިނިސަން އަޑު ހިމެނޭނެއެވެ. އެހެން ކުންފުނިިތަކުން ނެރޭ ބޮޑެތި ޓީވީތަކުގައި އަޑާއި ފޮޓޯ ކޮލިޓީ ދިމާ ނުވި ނަމަވެސް ދުނިޔޭގައި އެކިއެކި ޑީސްޕްލޭ އުފެއްދުމުގެ ރަސްގެފާނަކީ އަދިވެސް ސަމްސަން ކުންފުނިކަން މި ބޮޑު ޓީވީ ނެރުމުން ޔަޤީންކޮށްދެއެވެ. އަޑާ މަންޒަރާ އެންމެ ފުރިަހަމަށް މަސައްކަތް ކުރާ ފެންވަރުގެ މި ސައިޒްގެ ބޮޑު ޓީވީއަކަަށް 8000 ޑޮލަރުގެ އަގަކީ ބޮޑު އެއްޗެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.