ޚަބަރު

ލޭބާ ޕާޓީން އެކި ޕާޓީތަކުގެ 10 ކެނޑިޑޭޓަކަށް ތާއީދުކޮށްފި

އަހުމަދު ޖައިޝަން

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި އެކި ޕާޓީތަކުން ވާދަކުރާ 10 ކެނޑިޑޭޓަކަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ)އިން އެންޑޯސްކުރަން ނިންމައިފި އެވެ.

ލޭބާ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އެންމެ މުހިއްމު ބިންގަލަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމާއި އިޖުތިމާއީ އަދާލަތު ގާއިމުކޮށްދިނުން ކަމަށެވެ.

އެހެންކަމުން މަޝްވަރާތަކަށްފަހު އެ 10 ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައިވަނީ އެ ކެނޑިޑޭޓުންނަކީ މަސައްކަތްތެރީންގެ ހައްގުތައް ހިމާޔާތްކުރުމުގައި ދެމިތިބޭނެ ބަޔަކަށް ވާތީ ކަމަށެވެ.

ލޭބާ ޕާޓީން އެންޑޯސްކުރާ ކެނޑިޑޭޓުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ދެ ކެނޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލާ ފަސް ކެނޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކާއި އަދާލަތު ޕާޓީ އަދި ޕީއެންސީގެ ކެނޑިޑޭޓެއް ހިމެނެއެވެ. އެއީ :

އަޙްމަދު ސަލީމް، ރަބީޢުމަންޒިލް / ހއ. ހޯރަފުށި (ހޯރަފުށި ދާއިރާ / އެމްޑީޕީ)

މުޙައްމަދު ނާޡިމް، މ. ހިލާއިންދަގާރޑްން / ކ. މާލެ (ކެލާ ދާއިރާ / އަމިއްލަ ގޮތުން)

އަލީ ހުސައިން، މުނިޔާގެ / ބ. ކެންދޫ (ކެންދޫ ދާއިރާ / ޖުމްހޫރީ ޕާޓީ)

މުޙައްމަދު ކާރިމް، އާވެހި / ޅ. ނައިފަރު (ނައިފަރު ދާއިރާ 1 އެމްޑީޕީ)

ހުސައިން ހުސްނީ، އޯކިޑްވިލާ / އދ. އޮމަދޫ (ދަނގެތީ ދާއިރާ / އަމިއްލަ ގޮތުން)

އާއިޝަތު ރިޔާސާ، އަސުރުމާގެ / މ. ކޮޅުފުށި (މުލަކު ދާއިރާ / ޢަދާލަތު ޕާޓީ)

އަބްދުﷲ މުޙައްމަދު، ދުވެލި / ގދ. މަޑަވެލި (މަޑަވެލި ދާއިރާ / އަމިއްލަ ގޮތުން)

ޙަސަން ޚާލިދު، މިސްކިތްމަގު، ޒަމާން / ޏ. ފުވައްމުލައް (ފުވައްމުލަކު މެދު ދާއިރާ 1 ޕީ.އެންސީ)

ޢަބްދުއްރަޙްމާން، އަންބަރީވާދީ / ސ. މީދޫ (އައްޑޫ މީދޫ ދާއިރާ / އަމިއްލަ ގޮތުން)

އިސްމާޢީލް މާޖިދު، މ. ކޮކާވިލާ / ކ. މާލެ (މާފަންނު ހުޅަނގު ދާއިރާ / އަމިއްލަ ގޮތުން)