ޚަބަރު

ވައްކަން މަދު، އެކްސިޑެންޓުތައް ގިނަ!

ރާއްޖޭގައި ވައްކަން މަދުވި އިރު، އެކްސިޑެންޓުތައް ގިނަވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހު އެ އިދާރާއަށް ހުށަހަޅާފައިވަނީ ވައްކަމުގެ 333 މައްސަލައެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހު އެ އިދާރާއަށް ހުށަހަޅާފައިވަނީ ވައްކަމުގެ 174 މައްސަލައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޓްރެފިކް އެކްސިޑެންޓުގެ 139 މައްސަލަ ހުށަހަޅާފައިވާ އިރު، މިއަހަރުގެ ޖޫން މަހު އެފަދަ 144 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ ޖޫން މަހު އެފަދަ 118 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި މިއަހަރުގެ ޖޫން މަހުވެސް އެފަދަ 119 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައްވެސް މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ މިއަހަރުގެ ޖޫން މަހު ވަނީ މަދުވެފައެވެ. އެގޮތުން މިިދިޔަ އަހަރުގެ ޖޫން މަހު އެފަދަ 23 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، މިއަހަރުގެ ޖޫން މަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 11 މައްސަލައެކެވެ.