ރާއްޖެ ހިމެނޭ ދެކުނު އިންޑިއާ ކަނޑަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ބިންހެލުން އައިސްފައި ވަނީ، މާލޭއާ 1748 ކިލޯމީޓަރު ދުރުމިނަށް ކަމަށެވެ.
މިއަދު މެންދުރު 12:29 ގައި 6.0 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ދެކުނު އިންޑިއާގެ ކަނޑަށް ކަމަށެވެ.
މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.