ރާއްޖޭގައި އިންފްލުއެންޒާ ރޯގާ އިތުރުވެދާނެ ކަމަށް ލަފާކޮށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ކުރިއަށް އޮތް ދުވަސްވަރަކީ އިންފްލުއެންޒާ ފެތުރުން އެކަށީގެންވާ ދުވަސްވަރެއް ކަމަށެވެ.
އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިންފުލުއެންޒާ ވައިރަސް އަކީ އޭގެ ޒާތުގައި އަބަދުވެސް ކޮންމެވެސް ވަރަކަށް ބަދަލުވާ ވައިރަސްއެކެވެ. އެހެންކަމުން ކޮންމެ ހަ މަހަކުން އެއްމަހުން އާ ވެކްސިން އެއް އުފައްދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ކޮންމެ އަހަރަކު އެއްފަހަރު އިންފްލުއެންޒާ ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.
އެސްޓީއޯ ބޭސްފިހާރައިންނާއި އޭޑީކޭ ބޭސްފިހާރައިން އިންފްލުއެންޒާ ވެކްސިން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.