ޚަބަރު

ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރަށް 65 މިލިއަން ޑޮލަރުގެ މަޝްރޫއެއް!

އަހުމަދު ޖައިޝަން

އަތޮޅުތަކުގެ ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތަކަށް 65.25 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ފާސްކޮށްފިއެވެ.

އެ މަޝްރޫއުގެ ދަށުން ހަތް ރަށެއްގެ ފެނާއި އަށް ރަށެއްގެ ނަރުދަމާ އަދި ފަސް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާއިން ބުނެފައިވަނީ އެ މަޝްރޫއުތަކަކީ ދިވެހި ސަރުކާރާއި އޮފިޑް ފަންޑުގެ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫއަށް އޮފިޑް ފަންޑުގެ ފަރާތުން 50 މިލިއަން ޑޮލަރުގެ އެހީ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިޑުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭ ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރާއި އޮފިޑް ފަންޑުގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށްތައް ތިރީގައި އެވަނީއެވެ.

ފެނުގެ ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ :

ހދ. މަކުނުދޫ

ހދ. ނެއްލައިދޫ

ހދ. ނޭކުރެންދޫ

ށ. ފޭދޫ

ބ. ކެންދޫ

ގއ. ފިޔޯރި

ގދ. ވާދޫ

ނަރުދަމާ ނިޒާމު ގާއިމުކުރުމަށް

ހދ. މަކުނުދޫ

ހދ. ނެއްލައިދޫ

ހދ. ނޭކުރެންދޫ

ބ. ދަރަވަންދޫ

ބ. ކެންދޫ

ށ. ފޭދޫ

ގއ. ފިޔޯރީ

ގދ. ވާދޫ

ބަނދަރު ހެދުމަށް

ބ. ދޮންފަނު

ބ. ކިހާދޫ

ބ. ކުޑަރިކިލު

ގއ. ކޮލަމާފުށި

ގދ. ހޯޑެއްދޫ