ހުޅުމީދޫގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެ މީހާއަކީ މިދިޔަ އަންގާރަ ދުވަހު ރަށުތެރޭގައި އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު 24 ގަޑިއިރު ފަހުން ދޫކޮށްލި މީހެއް ކަމަށެވެ.
މީހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި އޭނާ އަލުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.