ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އާ ގުޅޭ އެއްވެސް ވާހަކައެއް ސައޫދީން ނުދައްކާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ނަޝީދު އެނބުރި ލަންޑަނަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއަގަ އެވެ.
މިއަދު މެންދުރުފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުވެ ދެކެވުނު ވާހަކަ ތަކުގައި، ވިދާޅުވީ ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާ އިން ގުޅުން ބާއްވަން ބޭނުންފުޅު ވަނީ އެއިރެއްގައި އޮންނަ ސަރުކާރާ އެކުގައި ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ޓްވީޓު ކުރައްވާފައި މި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނު ކުއްލި ގޮތަކަށް ސައުދީ އަށް ވަޑައިގަތުމުން އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
ރައީސް ނަޝީދު ސައުދީއަށް މިކުރެއްވި ދަތުރުފުޅުގައި އަރިހުގައި އެމަނިކުފާނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.