ސާފް 2023

ސާފް ޗެމްޕިއަންޝިޕް ލައިވް: އިންޑިއާ 1-1 ކުވައިތު (ފުލްޓައިމް)

28 Jun 02:03

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ކުޅުން ފެނުނީ ދާދި ހަމަހަމަކޮށް
  • ކުރީކޮޅުގައި އިންޑިއާއިން ނުރައްކާކޮށް ހުރަސްތައް ގިނަކުރި
  • އެހެން ނަމަވެސް ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވި
  • އަނެއްކޮޅުން ކުވައިތުވެސް މަޑުމަޑުން ހަމަލާތައް އުފެއްދި
  • ޕެނަލްޓީ އޭރިއާ ބޭރުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށް
  • މުހައްމަދު އަބްދުﷲ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އިންޑިއާއިން ފަހު ވަގުތު ލީޑު ނެގީ ޗެތުރީގެ ގޯލުން
  • ދެވަނަ ހާފުގައި ކުވައިތުން އެޓޭކު ވަރުގަދަކޮށް، ގޯލު ޖެހުމަށް މަސައްކަތްތަކެއް ކުރި
  • މެޗުގެ ފަހުކޮޅު ފެނުނީ ވަރަށް ހޫނުކޮށް
  • މެޗުގެ 80 ވަނަ މިނެޓުގައި އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް ދެއްކި، އެއީ މި މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑު
  • މެޗު ނިމެނިކޮށް އިތުރަށް ހޫނުވެ، ދެ ރަތް ކާޑުވެސް ދެއްކި
  • އެ ރަތް ކާޑުތައް ދައްކާފައިވަނީ ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް
  • ކުވައިތުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި، އެ ގޯލަކީ އިންޑިއާގެ އަންވަރު އަލީ އަތުން ބައިކޮޅަށް ވަން ގޯލެއް
28 Jun 01:58

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

28 Jun 01:52

'90+2 - އިންޑިއާ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ނަތީޖާ ހަމަހަމަ. ކުވައިތުގެ އަބްދުﷲ އަބްލޫޝީ ފޮނުވާލި ހަމަލާއެއް، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެފައިވަނީ އިންޑިއާގެ އަންވަރު އަލީ ފައިގައި ޖެހިފައި.

28 Jun 01:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.

28 Jun 01:49

'90 - ހަމަނުޖެހުމާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވެސް ރަތް ކާޑެއް ދައްކައިފި. އިންޑިއާގެ ރަހިމްއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކުޅުންތެރިއެއް.

28 Jun 01:48

'88 - މެޗު ހޫނުވެ، ހަމަނުޖެހުމަކަށް. ކުޅުންތެރިންގެ އިތުރުން ދެ ޓީމުގެ ބެންޗުން ވެސް ބަހުގެ ހަމަލާތަކެއް ރައްދުކުރި.

28 Jun 01:44

'85 - ކުވައިތުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ބާރު ހަމަލާ، އިންޑިއާގެ ކީޕަރު އަންރިންދަރް ސިންހް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

28 Jun 01:44

'84 - އިންޑިއާއަށް ރަނގަޅު ފުރުސަތެއް. އުދަންތާ ސިންހް ކުމާމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އިންޑިއާގެ ރޯހިތު ކުމާރު ފޮނުވާލި ހަމަލާ ދިޔައީ ކުވައިތުގެ ގޯލާ އަމާޒުނުވެ ބޭރަށް.

28 Jun 01:41

'80 - އަނެއްކާވެސް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރަތް ކާޑެއް. ފުރަތަމަ ރަތް ކާޑު ދައްކާފައިވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި. އޭގެ ފަހުން އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހުރީ ސަސްޕެންޝަންގައި.

28 Jun 01:39

މިރޭ މެޗަށް އިންޑިއާ ސަޕޯޓަރުން ވަދެފައިވަނީ ކުރީ މެޗުތަކަށްވުރެ މަދުން. މިރޭ ޖުމުލަ ދަނޑަށް ވަން ސަޕޯޓަރުންގެ އަދަދު އުޅެނީ 9000 ގެ ތެރޭގައި.

28 Jun 01:36

'77 - އިންޑިއާ ޑިފެންޑަރު ސަންދޭޝް ޖިންގަންގެ މޮޅު ޓެކަލްއެއް. ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ކުވައިތުގެ ޝަބައިބް އަލް ޚަލްދީ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމާއެކު ސަންދޭޝް ވަނީ ޓެކަލްކޮށް ބޯޅަ ދިފާއުކޮށްފައި.

28 Jun 01:32
28 Jun 01:30

'70 - އިންޑިއާގެ އިތުރު ހަމަލާއެއް. ޖީކްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ސަހަލް ފޮނުވާލި ބާރު ހަމަލާ، ކުވައިތުގެ ޑިފެންޑަރު ހަސަން އަލަނޭޒީ ވަނީ ބްލޮކްކޮށްފައި.

28 Jun 01:28

'69 - އިންޑިއާގެ ހަމަލާއެއް. ކޯނަރަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ޖީކްސަން ބޮލުން ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 01:26

'66 - ސަހަލް އަބްދުލް ސަމަދަށް ކުރި ފައުލަކާ ގުޅިގެން ކުވައިތުގެ ސުލްތާން އަލެނޭޒީއަށް ރީނދޫ ކާޑެއް.

28 Jun 01:22

'63 - ޝަކުވާތަކަކަށްފަހު އިންޑިއާގެ ކޯޗު އިގޯ ސްޓިމަކްއަށް ރީނދޫ ކާޑެއް. މިއީ މިފަހަރުގެ މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ކާޑު. ޕާކިސްތާނާ ދެކޮޅަށް ކުޅުނު އޭނާއަށް ދެއްކީ ރަތް ކާޑެއް، އެކަމާ ގުޅިގެން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ސަސްޕެންޝަންގައި.

28 Jun 01:20

'61 - އިންޑިއާ އިން ދެ ބަދަލެއް. އަނިރުދް ތާޕާ އާއި މުހައްމަދު ކުރުނިޔަންގެ ބަދަލުގައި ކުޅެން ނުކުތީ ރޯހިތު ކުމާރު އަދި ސަހަލް އަބްދުލް ސަމަދު.

28 Jun 01:16

'57 - ކުވައިތުގެ ނުރައްކަލެއް. ހިލޭ ޖެހުމަކުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު އަމްރިންދަރު ސިންހް ވަނީ މަތަކޮށްފައި.

28 Jun 01:16

'56 - ކުވައިތުން ދެ ބަދަލެއް. ހަމަދް އަލް ހަރްބީ އާއި އަބްދުﷲ އަލް ފަރާދްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުﷲ އަލް ބްލޫޝީ އަދި ޚާލިދް ހާޖިއާ.

28 Jun 01:13

'53 - ކުވައިތުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރުން ގައިގައި ޖެހި ކޯނަރަކަށް ވަނީ ބޭރުވެފައި.

28 Jun 01:12

'52 - ކުވައިތަށް ރަނގަޅު ފުރުސަތެއް. އީދް އަލް ރާޝިދީ ދިން ބޯޅަ، އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީއަށް ރަނގަޅަށް ކޮންޓްރޯލުކުރެވިފައެއް ނުވޭ.

28 Jun 01:11

'51 - އިންޑިއާ އިން ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަރިމަތިން އިންޑިއާގެ މުހައްމަދު ކުރުނިޔަން ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 01:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

28 Jun 01:03

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ކުޅުން ފެނުނީ ދާދި ހަމަހަމަކޮށް
  • ކުރީކޮޅުގައި އިންޑިއާއިން ނުރައްކާކޮށް ހުރަސްތައް ގިނަކުރި
  • އެހެން ނަމަވެސް ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވި
  • އަނެއްކޮޅުން ކުވައިތުވެސް މަޑުމަޑުން ހަމަލާތައް އުފެއްދި
  • ޕެނަލްޓީ އޭރިއާ ބޭރުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށް
  • މުހައްމަދު އަބްދުﷲ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އިންޑިއާއިން ފަހު ވަގުތު ލީޑު ނެގީ ޗެތުރީގެ ގޯލުން
28 Jun 00:50

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

28 Jun 00:49

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ސުނިލް ޗެތުރީ ޖެހި 23 ވަނަ ގޯލު. އެއާއެކު ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑާ ވަނީ އަރައި ހަމަކޮށްފައި. ދަގަނޑޭ ވެސް ވަނީ 23 ގޯލު ޖަހާފައި.

28 Jun 00:48

'45+2 - އިންޑިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. އަނިރުދް ތާޕާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވޮލީ ކިކްއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ. ހިތްގައިމު ގޯލެއް.

28 Jun 00:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

28 Jun 00:44

'41 - އިންޑިއާގެ ނުރައްކަލެއް. ނިކިލް ޗަންދްރަޝޭކަރް ޕުޖާރީ އަރިމަތިން އަރައި ނަގައިދިން ހުރަސް، ޗެތުރީއަށް ރަނގަޅަށް ބޭނުމެއް ނުކުރެވުނު.

28 Jun 00:35

'34 - އިންޑިއާއަށް ފުރުސަތެއް. އަނިރުދް ތާޕާ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންޑިއާގެ ޑިފެންޑަރު އަންވަރު އަލީ ބޮލުން ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 00:28

'28 - އަނިރުދް ތާޕާ ނަގައިދިން ކޯނަރު، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރްޒޫގު ކުރިއަށް ނުކުމެ ދިފާއުކޮށްފި.

28 Jun 00:27

'25 - ޝަބައިބް އަލް ޚަލްދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކުވައިތުގެ މުހައްމަދު އަބްދުﷲ، އިންޑިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް.

28 Jun 00:23

އިންޑިއާ އަދި ކުވައިތުގެ ފަރާތުން ވެސް ފެންނަނީ ވަރަށް ފިޒިކަލް ކުޅުމެއް.

28 Jun 00:20

'20 - ކުވައިތުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

28 Jun 00:18

'17 - އިންޑިއާގެ ހަމަލާއެއް. ސުނިލް ޗެތުރީ އަތުން ބޯޅަ ގެއްލުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ މަހޭޝް ސިންހް ފޮނުވާލި ބާރު ހަމަލާ، ކުވައިތު ޑިފެންޑަރު ހަމަދް އަލް ހަރްބީ ވަނީ ބްލޮކްކޮށްފައި.

28 Jun 00:14

'14 - އިންޑިއާގެ ޑިފެންޑަރު ސަންދޭޝް ޖިންގަން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް.

28 Jun 00:10

'10 - އިންޑިއާއަށް ފުރުސަތެއް. މަހޭޝް ސިންހް ނަގައިދިން ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައިން އަންވަރު އަލީ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އެ ބޯޅަ ކުވައިތުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

28 Jun 00:06

'6 - އިންޑިއާއަށް ފުރުސަތެއް. އާކާޝް މިޝްރާ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުރި އިންޑިއާ ކެޕްޓަން ސުނިލް ޗެތުރީއަށް ލިބޭ ގޮތެއް ނުވި.

28 Jun 00:04

'4 - ކުވައިތުގެ ހަމަލާއެއް. އީދް އަލް ރާޝިދީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ މުހައްމަދު އަބްދުﷲ އެއް ފަހަރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 00:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާ އިން.

27 Jun 23:59

މި މެޗުގައި އިންޑިއާގެ ބެންޗުން ކޯޗު އިގޯ ސްޓިމަކް ފެނިގެންދޭ. އޭނާއަށް ޕާކިސްތާން މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ސަސްޕެންޝަންގައި.

27 Jun 23:56

ކުވައިތުގެ ފުރަތަަމަ 11:

  • އަބްދުލް ރަހުމާން މަރްޒޫގް - ގޯލްކީޕަރު
  • އަހުމަދު އަލްދެފީރީ - ކެޕްޓަން
  • ހަސަން އަލަނޭޒީ
  • ސުލްތާން އަލަޒޭޒީ
  • މުހައްމަދު އަބްދުﷲ
  • ޝަބައިބް އަލް ޚަލްދީ
  • އީދް އަލް ރާޝިދީ
  • ހަމަދް އަލް ހަރްބީ
  • އަބްދުﷲ އަލް ފަހާދް
  • ރެދާ އަބޫ ޖަަބާރާ
  • ހަމަދް އަލް ގަލަފް
27 Jun 23:54

އިންޑިއާގެ ފުރަތަމަ 11:

  • އަމްރިންދަރް ސިންހް - ގޯލްކީޕަރު
  • ސުނިލް ޗެތުރީ - ކެޕްޓަން
  • އަންވަރު އަލީ
  • ސަންދޭޝް ޖިންގަން
  • އާކާޝް މިޝްރާ
  • އަނިރުދް ތާޕާ
  • މަހޭޝް ސިންގް ނައޮރެމް
  • ޖީކްސަން ސިންހް ތޫނައިޔަމް
  • ލަލިއަންޒުއަލާ ޗަންގްޓޭ
  • ނިކިލް ޗަންދްރަޝޭކަރް ޕުޖާރީ
  • މުހައްމަދު ކުރުނިޔަން

ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް އޭގައި ޕާކިސްތާނާއި ނޭޕާލުން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ނުކުންނަ އިރު، ދެ ޓީމުވެސް އޮތީ ސެމީ ފައިނަލް ޔަގީންވެފައި. އެހެން ނަމަވެސް މެޗު މުހިއްމު ވަނީ ގްރޫޕް އޭގެ އެއްވަނަ ޔަގީން ކުރުމަށް. މިއީ މުބާރާތުގައި އެންމެ ވާދަވެރި އެއް މެޗަށްވެސް ވާނެ. އެއީ މިއީ ފެވަރިޓުންގެ ކުރިމަތިލުމަކަށް ވާތީ.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • އިންޑިއާއިން މިހާތަނަށް ތިން ފަހަރެއްގެ މަތިން ކުވައިތާ ވާދަކޮށްފައިވޭ
  • އެންމެފަހުން ދެގައުމުން ވާދަކުރީ 2010 ވަނަ އަހަރު އަބޫދާބީގައި
  • އެފަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ކުވައިތުން ކާމިޔާބުކުރީ 9-1ގެ ނަތީޖާއަކުން
  • އިންޑިއާއަށް ކުވައިތު ބަލިކުރެވުނު ހަމައެކަނި ފަހަރަކީ 2004 ވަނަ އަހަރު
  • އެފަހަރު ކުޅުނު ކުވައިތުގައި ކުޅުނު އެމެޗުގައި 3-2 އިން އިންޑިއާ މޮޅުވި