ސާފް 2023

ސާފް ޗެމްޕިއަންޝިޕް ފައިނަލް ލައިވް: އިންޑިއާ 6-5 ކުވައިތު (ޕެނަލްޓީ ޝޫޓްއައުޓް)

05 Jul 03:19

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ.

05 Jul 03:18

އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ އެވޯޑު ހޯދީ ސުނިލް ޗެތުރީ، އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައި.

05 Jul 03:17

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބަންގުލަދޭޝްގެ އަނީސުރް ރަހުމާން.

05 Jul 03:17

ފެއާޕްލޭ ޓީމަކަށް ހޮވުނީ ނޭޕާލް.

05 Jul 02:51

އިންޑިއާ އިން ނުވަވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފި.

05 Jul 02:51

ކުވައިތު ކެޕްޓަން ޚާލިދް ހާޖިއާގެ ޕެނަލްޓީ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް މަަތަކޮށްފި.

05 Jul 02:50

އިންޑިއާގެ މަހޭޝް ސިންހް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:49

ކުވައިތުގެ ޝަބައިބް އަލް ޚަލްދީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:49

އިންޑިއާގެ ސުބާޝިސް ބޯސް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:48

ކުވައިތުގެ އަބްދުލް އަޒީޒް މަހުރާން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:47

އިންޑިއާގެ އުދަންތާ ސިންހް ފޮނުވާލި ޕެނަލްޓީ، ހުރަސް ދަނޑިމަތިން ބޭރަށް، ޕެނަލްޓީ ނާކާމިޔާބު.

05 Jul 02:46

ކުވައިތުގެ އަހުމަދު އަލް ދެފީރީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:45

އިންޑިއާގެ ލަލިއަންޒުއާ ޗާންގްޓޭ ފޮނުވާލި ޕެނަލްޓީ ވެސް ކާމިޔާބުކޮށްފި.

05 Jul 02:45

ކުވައިތުގެ ފަވާޒް އަލޮތައިބީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:44

އިންޑިއާގެ ސަންދޭޝް ޖިންގަންގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

05 Jul 02:43

ކުވައިތުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް، ޕެނަލްޓީ ނާކާމިޔާބު.

05 Jul 02:42

އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލަނީ ކެޕްޓަން ސުނިލް ޗެތުރީ، އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފި. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ވެފައިވަނީ އަރިމަތީ ދަނޑީގައި ޖެހިފައި.

05 Jul 02:37

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ވެސް ނިންމާލައިފި. ނަތީޖާ ނެރުމަށް ދެން ދާން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓްއަށް.

05 Jul 02:34

'119 - އިންޑިއާއަށް ފުރުސަތެއް. ޗަންދްރަޝޭކަރް ޕުޖާރީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އިންޑިއާގެ ލަލިއަންޒުއާލާ ޗާންގްޓޭ ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

05 Jul 02:30

'115 - ކުވައިތުގެ އަބްދުﷲ އަލް ފަހަދްއަށް ރީނދޫ ކާޑެއް.

05 Jul 02:28

'113 - އިންޑިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން އާކާޝް މިޝްރާގެ ބަދަލުގައި ކުޅެން ނުކުތީ ސުބާސިޝް ބޯސް.

05 Jul 02:21

'106 - ކުވައިތަށް ރަނގަޅު ފުރުސަތެއް. އީދް އަލް ރާޝިދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަވާޒް އަލޮތައިބީ ފޮނުވާލި ހަމަލާ، އިންޑިއާގެ މަހޭޝް ސިންހް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

05 Jul 02:20

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

05 Jul 02:18

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.

05 Jul 02:17

'105 - ކުވައިތުގެ ހަމަލާއެއް. ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ އަމާޒުވީ އިންޑިއާ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގާ ދިމާއަށް.

05 Jul 02:05

'94 - އީދް އަލް ރާޝިދީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކުވައިތުގެ އަބްދުﷲ އަލް ފަހަދް ފޮނުވާލި ހަމަލާ، ޓެކުލްކޮށް އިންޑިއާގެ މަހޭޝް ސިންހް ވަނީ ބްލޮކްކޮށްފައި.

05 Jul 02:01

އިތުރު ވަގުތުގެ ފުރަތަަމަ ހާފުގެ ކުޅުން ފަށައިފި.

05 Jul 01:56

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅެން ޖެހޭނީ އިތުރު ވަގުތުގެ ދެ ހާފު.

05 Jul 01:55

'90+3 - އިންޑިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ، އިންޑިއާ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

05 Jul 01:51

'90+2 - ކުވައިތަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައި.

05 Jul 01:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

05 Jul 01:49

'90 - އިންޑިއާ އިން ބަދަލެއް. ސަހަލް އަބްދުލް ސަމަދުގެ ބަދަލުގައި ކުޅެން ނުކުތީ އުދަންތާ ސިންހް ކުމާމް.

05 Jul 01:49

'89 - ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ، ވޯލްގައި ތިބި އިންޑިއާ ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

05 Jul 01:48

'88 - ކުވައިތުގެ އީދް އަލް ރާޝިދީއަށް އިންޑިއާގެ މެހެތާބް ސިންހް ކުރި ފައުލަކާ ގުޅިގެން ނުރައްކާތެރި ހިސާބަކުން ކުވައިތަށް ހިލޭ ޖެހުމެއް.

05 Jul 01:45

'85 - ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒެއް ނުވި.

05 Jul 01:41

މި މެޗު ބަލަން ވަދެފައިވަނީ 26،380 މީހުން.

05 Jul 01:39

'80 - ކުވައިތުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަމަދް އަލް ގަލަފް ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

05 Jul 01:33

'74 - ކުވައިތުގެ ސުލްތާން އަލެނޭޒީއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ރޯހިތު ކުމާރަށް ރީނދޫ ކާޑެއް.

05 Jul 01:32

'72 - އިންޑިއާ އިން ދެ ބަދަލެއް. އަނިރުދް ތާޕާ އާއި މުހައްމަދު ކުރުނިޔަންގެ ބަދަލުގައި ކުޅެން ނުކުތީ މަހޭޝް ސިންހް ނައޮރެމް އަދި ރޯހިތު ކުމާރު.

05 Jul 01:28

'69 - ކުވައިތުން ބަދަލެއް. މުބާރަކް އަލް ފަނީނީގެ ބަދަލުގައި ކުޅެން ނުކުތީ އީދް އަލް ރާޝިދީ.

05 Jul 01:25

'66 - އިންޑިއާ ކެޕްޓަން ސުނިލް ޗެތުރީއަށް ކުރި ފައުލަކާ ގުޅިގެން ކުވައިތުގެ މުހައްމަދު އަބްދުﷲ އަށް ރީނދޫ ކާޑެއް.

05 Jul 01:24

'65 - ކުވައިތުގެ މުބާރަކް އަލްފަނީނީއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ މުހައްމަދު ކުރުނިޔަންއަށް ރީނދޫ ކާޑެއް.

05 Jul 01:22

'62 - އިންޑިއާއަށް ރަނގަޅު ފުރުސަތެއް. ސުނިލް ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަލިއަންޒުއާލާ ޗާންގްޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ކީޕަރު އަބްދުލް ރަހުމާން މަރްޒޫގާ ދިމާއަށް.

05 Jul 01:19

'60 - އިންޑިއާގެ އަނިރުދް ތާޕާއަށް ކުރި ފައުލަކާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފްއަށް ރީނދޫ ކާޑެއް.

05 Jul 01:18

'59 - ކުވައިތުގެ މުހައްމަދު އަބްދުﷲ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިންޑިއާގެ ސަންދޭޝް ޖިންގަން ދިފާއުކޮށްފި.

05 Jul 01:12

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

05 Jul 01:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

05 Jul 00:51

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗު ރަނގަޅަށް ފަށައި، ކުވައިތުން ވަނީ ކުރީކޮޅުގައި ލީޑުވެސް ނަގާފައި
  • އަބްދުﷲ އަބްލޫޝީ ދިން ބޯޅައަކުން ލީޑު ނެގީ ޝަބައިބް އަލް ޚަލްދީ
  • އޭގެ ފަހުން އިންޑިއާއިން ނުރައްކާ ކުރި، ޗެތުރީއާއި ތާޕާގެ ހަމަލާވެސް މަތަކުރީ ކުވައިތު ކީޕަރު
  • ހާފުގެ ފަހުކޮޅުގައި އިންޑިއާއިން ކުޅުން ރަނގަޅުކޮށް ގޯލުވެސް ޖެހި
  • ސަހަލް އަބްދުލް ސަމަދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އެ ގޯލު ކާމިޔާބުކޮށްދިނީ ޗާންގްޓޭ
  • ފުރަތަމަ ހާފު ފެނިގެން ދިޔައީ ފޯރިގަދަ ހާފެއްގެ ގޮތުގައި
05 Jul 00:51
05 Jul 00:50

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

05 Jul 00:47

'45+1 - ކުވައިތުގެ އަބްދުﷲ އަބްލޫޝީ އާއި އަހްމަދު އަލް ދެފީރީ އަދި އެޓީމުގެ އޮފިޝަލަކަށް ވެސް ރީނދޫ ކާޑެއް.

05 Jul 00:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

05 Jul 00:39

'38 - އިންޑިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ރީތި ކުޅުމަކާއެކު ސަހަލް އަބްދުލް ސަމަދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލަލިއަންޒުއާލާ ޗާންގްޓޭ.

05 Jul 00:37

'37 - ކުވައިތުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ކުވައިތުގެ އަހުމަދު އަލް ދެފީރީ ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

05 Jul 00:36

'35 - އިންޑިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން އަންވަރު އަލީގެ ބަދަލުގައި ކުޅެން ނުކުތީ މެހެތާބް ސިންހް.

05 Jul 00:35

05 Jul 00:29

'28 - ކުވައިތުގެ ހަމަދް އަލް ހަރްބީއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ސަންދޭޝް ޖިންގަންއަށް ރީނދޫ ކާޑެއް.

05 Jul 00:28

'27 - ކުވައިތުން ބަދަލެއް. އަނިޔާއަކާ ގުޅިގެން ހަސަން އަލަނޭޒީގެ ބަދަލުގައި ކުޅެން ނުކުތީ ހަަމަދު އަލް ހަރްބީ.

05 Jul 00:20

'17 - އިންޑިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާގެ އަރިމަތިން އިންޑިއާގެ ތާޕާ ފޮނުވާލި ހަމަލާ ވެސް ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގު ވަނީ މަތަކޮށްފައި.

05 Jul 00:17

'16 - އިންޑިއާގެ ނުރައްކާތެރި ހަމަލާއެއް. ލާލިއަންޒުއާލާ ޗާންގްޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގު ވަނީ މަތަކޮށްފައި.

05 Jul 00:16

'15 - ކުވައިތުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އަބްދުﷲ އަބްލޫޝީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލް ޚަލްދީ.

05 Jul 00:07

'7 - މެޗުގެ ފުރަތަމަ ކޯނަރު އިންޑިއާއަށް، އަނިރުދް ތާފާ ނަގައިދިން ކޯނަރުގެ ބޭނުމެއް ނުހިފުނު.

05 Jul 00:05

'4 - އިންޑިއާގެ ހަމަލާއެއް. އާކާޝް މިޝްރާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންޑިއާގެ ލާލިއަންޒުއާލާ ޗާންގްޓޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ކީޕަރު އަބްދުލް ރަހުމާން މަރުޒޫގާ ދިމާއަށް، އެ ބޯޅައިގައި ބާރެއް ނެތް.

05 Jul 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާ އިން.

05 Jul 00:00

މި މެޗަށް ސަސްޕެންޝަނަށް ފަހު އިންޑިއާ ޑިފެންޑަރު ސަންދޭޝް ޖިންގަން ވަނީ އެނބުރި އައިސްފައި. އަދި އިންޑިއާ ކޯޗު އިގޯ ސްޓިމަކް މި މެޗަށް ވެސް ސަސްޕެންޝަންގައި ހުންނަން ޖެހުމުން ބެންޗުން ނުފެންނާނެ. ސްޓިމަކަށް ވަނީ މުބާރާތުގައި ދެ ރަތް ކާޑު ދައްކާފައި. މި މެޗު އިންޑިއާ ޑިފެންޑަރު ސުބާޝިޝް ބޯސް ފެށީ ބެންޗުން.

04 Jul 23:52

އިންޑިއާގެ ފުރަތަމަ 11:

  • ގުޕްރީތު ސިންހް - ގޯލްކީޕަރު
  • ސުނިލް ޗެތުރީ - ކެޕްޓަން
  • އަންވަރު އަލީ
  • ސަންދޭޝް ޖިންގަން
  • އާކާޝް މިޝްރާ
  • އަނިރުދް ތާޕާ
  • ސަހަލް އަބްދުލް ސަމަދު
  • ޖީކްސަން ސިންހް ތޫނައޮޔަމް
  • ލަލިއަންޒުއާލާ ޗަންގްޓޭ
  • ޗަންދްރަޝޭކަރު ޕުޖާރީ
  • މުހައްމަދު ކުރުނިޔަން
04 Jul 23:50

ކުވައިތުގެ ފުރަތަމަ 11:

  • އަބްދުލް ރަހުމާން މަރުޒޫގު - ގޯލްކީޕަރު
  • ޚާލިދު ހާޖިއާ - ކެޕްޓަން
  • ހަސަން އަލަނޭޒީ
  • އަބްދުﷲ އަބްލޫޝީ
  • ސުލްތާން އަލެނޭޒީ
  • އަހްމަދު އަލްދެފީރީ
  • މުހައްމަދު އަބްދުﷲ
  • ޝަބައިބް އަލް ޚަލްދީ
  • ރެދާ އަބޫ ޖަބާރާ
  • ހަމަދް އަލް ގަލަފް
  • މުބާރަކް އަލް ފަނީނީ

ސާފް ޗެމްޕިއަންޝިޕް 2023 ގެ ފައިނަލް މެޗުގައި އިންޑިއާއާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރު. އެންމެފަހުގެ ޗެމްޕިއަން އިންޑިއާއަށް ސާފްގެ ތާރީހުގައިވެސް ފައިނަލް ގެއްލުނީ 2003 ވަނަ އަހަރު އެކަނި. އެ ފަހަރު ރާއްޖެއާއި ބަންގްލަދޭޝް ފައިނަލުގައި ކުޅެ ތަށި ހޯދީ ބަންގްލަދޭޝް އިން. އަނެއްކޮޅުން ނުކުންނަ ކުވައިތަކީ މިފަހަރު ސާފްގައި އަލަށް ވާދަކުރާ ޓީމެއް. އެޓީމަކީ ދައުވަތު އެރުވިގެން މެދުއިރުމަތިން މުބާރާތަށް އައި ޓީމެއް.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ކުވައިތާއި އިންޑިއާއަކީ މާ ގިނައިން މެޗުތައް ކުޅެފައިވާ ދެގައުމެއް ނޫން
  • ސާފްގެ ކުރިން ދެގައުމުން ކުޅެފައި އޮތީ ތިން މެޗު
  • އެއީ 1978 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ކުޅުނު މެޗެއްގެ އިތުރުން އެކުވެރިކަމުގެ ދެމެޗެއް
  • އޭޝިއަން ގޭމްސްގެ މެޗުގައި އިންޑިއާ ބަލިވީ 6-1 ގެ ނަތީޖާއަކުން
  • 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން އިންޑިއާ މޮޅުވި، އެއީ 3-2 ގެ ނަތީޖާއަކުން
  • އޭގެ ފަހުން ސާފްގެ ކުރިން ދެގައުމު ކުޅުނީ 2010 ވަނަ އަހަރު، އެ މެޗު ކުވައިތުން ކާމިޔާބުކުރީ 9-1 އިން
  • މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެގައުމުން ކުޅުނު މެޗު ވީ 1-1 އިން އެއްވަރު

މިރޭގެ ފައިނަލް ޗެތުރީއަށް ހާއްސަ

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ޗެތުރީއަށް އެތައް ގޮތަކުން ހާއްސަ. މިއީ އޭނާގެ ފަހު މުބާރާތް ކަމަށް އަދި ބުނަން ނޭނގުނު ނަމަވެސް، ޗެތުރީއަށް މިހާ ބޮޑަށް ލޯބި ދިން މުބާރާތެއް މަދުވާނެއ. އެއީ ބެންގަލޫރުގައި މުބާރާތް ހޯސްޓް ކުރާތީ. ޗެތުރީގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ބެންގަލޫރު އެފްސީގައި ހޭދަކުރަމުން އަންނަ އިރު، މި ސިޓީން އޭނާއަށް ދެނީ ހާއްސަ ލޯތްބެތް. ބެންގަލޫރުގެ ސަޕޯޓަރުންގެ ހިތްވަރާ އެކު މިހާތަނަށް މި މުބާރާތުގައި ޗެތުރީ ފަސް ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ 23 ގޯލު ޖަހައިފައި.

އެއީ ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ސާފްގައި ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑުގެވެސް އަދަދެއް. މިހާރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި ޗެތުރީއާއި އަޝްފާގު އޮތީ ހަމަހަމަވެފައި. އެހެންކަމުން މިރޭގެ ފައިނަލުގައި ގޯލެއް ޖެހިއްޖެ ނަމަ، ޗެތުރީ ވެގެންދާނީ ސާފްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް. އެކަމަށް ނުވިސްނާ ކަމަށް ޗެތުރީ ބުނި ނަމަވެސް، ރަނގަޅު ނަތީޖާ އާއެކު ތަށި ނެގިއްޖެ ނަމަ، ޗެތުރީގެ ގޯލެއް ވެގެންދާނީ ބޯނަސްއަކަށް.