އިންތިހާބީ ޝަކުވާތަކާ ގުޅިގެން ހުށަހެޅި ހަތް މައްސަލައި ގައިވެސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އިންތިހާބީ ޝަކުވާތަކާ ގުޅިގެން ހުށަހެޅި ހަތް މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނަން ހިމަނައިދިނުމަށް ހުކުމް ކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ އެ ހަތް މީހުން ތިމަރަފުއްޓަށް އެމީހުންގެ ރަށްވެހިކަން ބަދަލުކުރަން ހުށަހަޅާފައި ވަނިކޮށް އެ މީހުންގެ ނަން ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނެތުމުން ކަމަށް ވަނީ ބުނެފައެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަ ނުޖެހޭނަމަ ފަސް ދުވަހުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އަދި އެ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މުއްދަތު ހަމަވާފަހުން ރަށްވެހިކަން ބަދަލުކޮށްފިނަމަ ވޯޓު ލުމުގެ ހައްގު ގެއްލުނަސް މައްސަލައެއް ނެތް ކަމަށްބުނެފައިވާ ލިޔުމެއްގައި ސޮއިކޮށްފައި ކަން އެނގޭ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.