ނައިބު ރައީސް ކަމުން ވަކި ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ދުރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމެވެ. އަދި މިހާރު އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެކަމަށް ޖަމީލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައި ވަނީ ގާނޫނުގައި އިމްޕްރީޗްމަންޓް ޕްރޮސެސް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އޭނާ ނައިބު ރައީސްގެ މަގާމުން ވަކިކުރެވުނީ އެ ހަމަތަކާއި ހިލާފަށް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަކީ ގާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެމެހެއްޓުމަށް މުހިއްމު ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރައްޔިތުން ހޮވާފައިވާ ރައީސުންނާއި ނައިބު ރައީސުންގެ ނިމުން މަޖިލީހުގެ ތެރެއިން އުފެދިގެން އަންނަ ރިޝްވަތާއި ކޮރަޕްޝަނުގެ މައްޗަށް ބަރޯސާ ނުކުރުމަށް މިކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިއްމު ކަމަށް ޖަމީލު ވިދާޅުވިއެވެ.
21 ޖުލައި 2015 ގައި ޑރ.ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުން ވޯޓާއެކު އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމާފައެވެ. އެގޮތުން އެމަނިކުފާނު މައްޗަށް އިތުބާރު ނުކުރެވޭކަމަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ ކުރަމުން ނުގެންދާކަމަށާއި، ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން ނުހިފާކަމަށާއި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތު ތަކާއި ދެކޮޅަށް ވާހަކަ ދައްކާފައި ނުވާތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.