އެ ނަތީޖާއާއެކު ދެ މެޗުން މޮޅުވެ، ކުވައިތު ވަނީ ސެމީ ފައިނަލާ ގާތަށް ޖެހިލާފައި. ޕާކިސްތާނަށް ވަނީ ދެ މެޗުން ބަލިވެ، އަލްވަދާއު ކިޔަން ޖެހިފައި.
މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-0 ގެ ނަތީޖާކުއަން ކުވައިތު ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'89 - ކުވައިތަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޝަބައިބް އަލް ޚާލްދީ ފޮނުވާލި ބާރު ހަމަލާ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'79 - ކުވައިތުގެ ހަމަލާއެއް. ކުވައިތުގެ ޝަބައިބް އަލް ޚާލްދީ ފޮނުވާލި ބާރު ހަމަލާ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައި.
'69 - ކުވައިތުން ހަތަރު ގޯލުގެ ލީޑެއް ހޯދައިފި. ވަރަށް ހުސްކޮށް ހުރެ، ބޯޅަ ހިފައިގެން ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އީދް އަލް ރާޝިދީ.
'65 - ޕާކިސްތާންގެ ނުރައްކާތެރި ހަމަލާއެއް. އަރިމަތިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ މުހައްމަދު ވަލީދު ޚާން ފޮނުވާލި ހަމަލާ، ކުވައިތުގެ ކީޕަރު ބަދަރް ބިން ސާނޫން ވަނީ މަތަކޮށްފައި.
'64 - ޕާކިސްތާނުން ވެސް ދެ ބަދަލެއް. މުހައްމަދު ވަހީދާއި އަލީ އުޒައިރު މަހުމޫދުގެ ބަދަލުގައި ކުޅެން ނުކުތީ ކެޕްޓަން ހަސަން ބަޝީރާއި އަލަމްގީރް އަލީ ޚާން ގާޒީ.
'61 - ކުވައިތުން ތިން ބަދަލެއް.
'58 - ބޯޅައަށް މަސައްކަތްކުރަނިކޮށް، ޕާކިސްތާންގެ ހާރޫން އައްރާޝިދު ހާމިދުގެ ޖޭޒީގައި ހިފެހެއްޓުމުން ކުވައިތުގެ މަހްދީ ދާޝްތީއަށް ރީނދޫ ކާޑެއް.
'54 - ކުވައިތުގެ ހަމަލާއެއް. މަހްދީ ދާޝްތީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަލީ މަތަރް ފޮނުވާލި ހަމަލާ، ޕާކިސްތާންގެ މަމޫން މޫސާ ޚާން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'52 - ކުވައިތުގެ މުބާރަކް އަލް ފަނީނީއަށް ކުރި ފައުލަކާ ގުޅިގެން ޕާކިސްތާންގެ އަލީ ޚާން ނިއާޒީއަށް ރީނދޫ ކާޑެއް.
'49 - ކުވައިތުގެ ނުރައްކާތެރި ހަމަލާއެއް. މުބާރަކް އަލް ފަނީނީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ ސަލްމާން މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށް.
'47 - ސަލްމާން މުހައްމަދު ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ އީދް އަލް ރާޝިދީ ޕާކިސްތާނުގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
ޕާކިސްތާނުން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ޝަޔަކް ދޯސްތުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ޚާން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ކުވައިތު ކުރީގައި އޮވެގެން.
'45+2 - ކުވައިތުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ކުރިއަށް ނުކުމެ ހުރުމުން، އޭނާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ދެވަނަ ވެސް ކާމިޔާބުކޮށްދިން މުބާރަކް އަލް ފަނީނީ. އޭނާ އެ ގޯލު ކާމިޔާބުކޮށްފައިވަނީ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާއެއް ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
ކުވައިތުގެ ދެވަނަ ގޯލަށްފަހު، ޕާކިސްތާނުން ރަނގަޅު އެޓޭކުތަކެއް ފެނިގެންދޭ. ނަމަވެސް ކުވައިތުގެ ގޯލާ އަމާޒުކޮށް އަދި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
'42 - ޕާކިސްތާންގެ ހާރޫން އައްރާޝިދް ހާމިދު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ކުވައިތުގެ ކީޕަރު ބަދަރް ބިން ސާނޫން ހޯދައިފި.
'24 - ހުރަސްތަކަކާއެކު ޕާކިސްތާނުން ދަނީ ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް ޕާސްކިތާނަށް ގިނަ ފުރުސަތުތަކެއްގެ ބޭނުމެއް ނުހިފޭ.
'20 - ޕާކިސްތާނަށް ރަނގަޅު ފުރުސަތެއް. އަރިމަތިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ މުހައްމަދު ވަހީދު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކުވައިތު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'17 - ކުވައިތުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކައުންޓާ އެޓޭކެއްގައި އީދް އަލް ރާޝިދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުބާރަކް އަލް ފަނީނީ.
'10 - ކުވައިތުން ގޯލެއް ޖަހައި ލީޑު ހޯދައިފި. މަހްދީ ދާޝްތީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން އަލަނޭޒީ.
'4 - ކުވައިތުގެ އަލް ރާޝިދީ ފޮނުވާލި ހިލޭ ޖެހުން ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'3 - ކުވައިތަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. އެ ހިލޭ ޖެހުން ލިބުނީ ޕެނަލްޓީ އޭރިއާ ބޭރުން ކުވައިތުގެ ސަލްމާން މުހައްމަދަށް ޕާކިސްތާންގެ މަމޫން މޫސާ ޚާން ކުރި ފައުލަކާ ގުޅިގެން.
ކުވައިތު ޓީމުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެގޮތުން އަށް ބަދަލެއް ފާހަގަކޮށްލެވޭ.
މިއަދުގެ މެޗުގައި ޕާކިސްތާންގެ އެންމެ ބޮޑު ބަދަލަކަށް ފެންނަނީ ތަޖުރިބާކާރު ގޯލްކީޕަރު ޔޫސުފް ބަޓްއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުން. އޭގެ އިތުރުން ކެޕްޓަން ހަސަން ބަޝީރު މެޗު ފެށީ ބެންޗުން.
މެޗުގެ ކުޅުން ފަށައިފި.
ސާފް ޗެމްޕިއަންޝިޕް 2023ގެ ފަސްވަނަ މެޗުގައި ޕާކިސްތާނާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕާކިސްތާނާއި ކުވައިތު ވާދަކުރާ އިރު، މިއަދުގެ މެޗަށް ޕާކިސްތާން ނުކުންނަނީ ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން 4-0 އިން ބަލިވެފައި އޮވެގެން. ކުވައިތުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި 3-1 އިން ނޭޕާލް ބަލިކޮށްފައި. މި ގްރޫޕްގައި ދެން އޮތީ އިންޑިއާއާއި ނޭޕާލް. އެހެންކަމުން މިއަދުގެ މެޗު ދެ ޓީމަށްވެސް މުހިއްމު.
ޝަހްޒާދް އަންވަރުގެ ކޯޗިން ކެރިއަރު ފެށިގެންދިޔައީ 1997 ވަނަ އަހަރު. އެއަށްފަހު ރަސްމީކޮށް ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންވަރު ފެނިގެންދިޔައީ ވެސް ޕާކިސްތާން ގައުމީ ޓީމުން. ނަމަވެސް 2018 ވަނަ އަހަރު އޭނާ ފެނިގެންދިޔައީ ވަގުތީ ކޯޗެއްގެ ގޮތުގައި.
އެއަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަޝިޕަށް ވަގުތީ ކޯޗެއްގެ ގޮތުގައި އަންވަރު ހަމަޖެއްސި. ނަމަވެސް އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޕާކިސްތާން މޮޅުވީ އެންމެ މެޗަކުން. އެއަށްފަހު 2015 ވަނަ އަހަރު ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް އަންވަރު ހަމަޖެއްސި ނަމަވެސް، އޭނާ އިސްކަންދީފައިވަނީ އޭއެފްސީ ޕްރޯ ލައިންސަސް ކޯޗިން ލައިސަންސް ހޯދުމުގެ މަސައްކަތަށް.
އަންވަރަކީ އޭއެފްސީ ޕްރޯ ލައިސަންސް ހޯދި ޕާކިސްތާނުގެ ފުރަތަމަ ކޯޗެވެ. އޭނާ ފުރަތަމަ ފަހަރަށް ޕާކިސްތާން ގައުމީ ޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރު. އޭނާ އެ މަގާމާ ހަވާލުވުމަށްފަހު ޕާކިސްތާނުން ނުކުންނަ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް.
ކުވެއިތު ގައުމީ ޓީމަށް އިރުޝާދުދެނީ ކުޅުންތެރިއެއްގެ ގޮތުގައި ބެންފީކާ އާއި ސްޕޯޓިންއާއެކު ޕޯޗުގަލް ލީގުން 1991 އިން 2004 އަށް ފެނުނު ރުއި ބެންޓޯ. އުމުރުން 51 އަހަރުގެ ބެންޓޯ ކުވެއިތު ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރުގެ ތެރޭގައި. ސީނިއާ ޓީމުގެ އިތުރުން ކުވެއިތުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދެނީ ބެންޓޯ.
ޕޯޗުގަލް ގައުމީ ޓީމަށް ހަ މެޗު ކުޅެފައިވާ ބެންޓޯ، 2004 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު އޭނާގެ ކޯޗިން ކެރިއަރު ފެށި. ކުވެއިތާ ހަވާލުވުމުގެ ކުރިން ބެންޓޯ ވަނީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް އިރުޝާދުދީފައި. ނަމަވެސް ކޯޗިން ކެރިއަރުގައި އޭނާއަށް ކާމިޔާބީއެއް ހޯދިފައެއް ނުވޭ.