ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކަސްޓަމްސްއިން ހާސިލްކޮށްފައިވާ 5 ހިދުމަތެއް އިފްތިތާހުކޮށްފި

މަރިޔަމް ޝަހުދާ

މިއަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާސިލްކޮށްފައިވާ 5 ހިދުމަތެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ ހަފްލާއެއްގައި ކަސްޓަމްސްއިން ފުރަތަމަ ކުއާޓާގައި ހާސިލްކޮށްފައިވާ ފަސް ހިދުމަތެއް އިފްތިތާހުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއީލް އެވެ.

ކަސްޓަމްސް އިން މިއަދު އިފްތިތާހު ކުރި 5 ހިދުމަތަކީ؛

  • އޮންލައިން އޮފްޝޯ އެޕްލިކޭޝަން،
  • އިލެކްޓްރޯނކް ރިފަންޑް ޕްރޮސެސް،
  • ސާވިސް ސްޓޭންޑަޑް ރިވައިސްޑް،
  • ޖެނެރިކް ޓެރިފް ސާޗް، އަދި
  • ކަސްޓަމްސް ވެބްސައިޓް ދިވެހި ބަހުން ގެނެސްދިނުމެވެ.

ފުރަތަމަ ކުއާޓާގެ ތެރެއިން ކަސްޓަމްސް އިން ހާސިލްކޮށްފައިވާ 26 ކަންތަކެއްގެ ތެރޭ ހިމެނޭ މި ފަސް ކަމަކީ ކަސްޓަސްމްސް އިން ހިދުމަތް ހޯދާ ފަރާތްތަކާއި ސީދާ ގުޅުން ހުރި 5 ކަމެކެވެ. މިކަމާ ގުޅޭ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވި ގޮތުގައި މިހާތަނަށް ފުރަތަމަ ކުއާޓާގެ %90 ވަނީ ކާމިޔާބު ކުރެވިފައެވެ. އަދި ބާކީ %10 މިމަހުގެ ތެރޭ ނިމިގެންދާނެކަމަށް ނުއުމާން ވިދާޅުވިއެވެ.