މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.
'90+2 - ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ މިނެޓެއް ނުވަނީސް ދެވަނަ ރީނދޫ ކާޑަކާއެކު ހަންނައަށް ރަތް ކާޑެއް ދައްކައިފި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ރާއްޖެއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދާދު.
'88 - ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނިމާ ވަންގްޑީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރުން ގައިގައި ޖެހި ބޮލްކުވުމަށްފަހު އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.
'86 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ސެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެނބުރިލާފައި ދާދު ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'81 - ރާއްޖޭގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް އައިސަމް ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ވަނީ މަތަކޮށްފައި.
'80 - ރާއްޖެއަށް ހުސް ފުރުސަތެއް. ދާދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، ބޫޓާންގެ ނިމާ ޝެރިންގް ވަނީ ބްލޮކްކޮށްފައި. ސެންޓޭއަށް އެ ބޯޅަ އެންމެ ރަނގަޅަށް ބޭނުންކުރެވިފައި ނުވަނީ ކޮންޓްރޯލުކުރުމަށް ލަސް ކުރުމުން.
'78 - ޗެންޗޯއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ މުހައްމަދު އިރުފާން (އިރޭ) އަށް ރީނދޫ ކާޑެއް.
'77 - ބޫޓާނުން އިތުރު ބަދަލެއް. ޓެންޒިން ޑޯޖީގެ ބަދަލުގައި ކުޅެން ނުކުތީ ފުންޓްޝޯ ޖިގްމޭ.
'75 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ދާދު ދިން ބޯޅަ، ސެންޓޭ ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ހަންނަ ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ވަނީ މަތަކޮށްފައި.
'73 - ބޫޓާންގެ ނުރައްކާތެރި ހަމަލާއެއް. ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހިލޭ ޖެހުން، ރާއްޖޭގެ ކީޕަރު ހުސައިން ވަނީ ގޯލު ލައިންމަތިން ދިފާއުކޮށްފައި.
'70 - ރާއްޖެއިން ދެ ބަދަލެއް. ހަމްޕު އާއި އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު) އާއި ހަސަން ޝިފާޒް (ޑުންގާ).
'69 - ބޫޓާނުން ބަދަލެއް. ޑޯޖީގެ ބަދަލުގައި ކުޅެން ނުކުތީ އެ ޓީމުގެ އެންމެ މުހިންމު ފޯވަޑް ޗެންޗޯ ޗެލްޓްޝެން.
'68 - ބޫޓާންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކަރްމާ ސޮނަމް ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'65 - ބޫޓާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ކީޕަރު ހުސައިންއާ ދިމާއަށް.
'61 - ބޯޅަ ހިފައިގެން ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ހަމްޕު ދިން ބޯޅަ ހުސްކޮށް ހުރި ހަންނައަށް ލިބޭ ގޮތެއް ނުވި.
'59 - ރާއްޖޭގެ ހަމަލާއެއް. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސެންޓޭ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ބޫޓާން ކީޕަރު ޝެރިންގް ޑެންޑުޕްގެ އަތަށް.
'58 - ރާއްޖެއިން ދެ ބަދަލެއް. ފޭދޫ އިއްބެ އާއި އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ފާސިރު (ސެންޓޭ).
'54 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޭދޫ އިއްބެ ދިން ބޯޅަ ރާއްޖޭގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ބޫޓާންގެ ޓެންޒިން ޑޯޖީ ދިފާއުކޮށްފި.
'48 - ބޫޓާންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ކަރްމާ ޝެޑްރުޕް ޝެރިން ފޮނުވާލި ނުސީދާ ހިލޭ ޖެހުން، ރާއްޖޭގެ ވޯލްގައި ތިބި ކުޅުންތެރިން ވަނީ ބްލޮކްކޮށްފައި.
'45 - ބެކް ޕާހެއް ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު ހުސައިން އަތަށް ނެގުމުން، ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާނަށް ހިލޭ ޖެހުމެއް.
39' ބޫޓާންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ނިމާ ޝެރިން ފޮނުވާލި ހަމަލާ ތިރިތިރީން ދިޔައީ ނުރައްކާކޮށް، ސޭވް ކުރީ ރާއްޖޭގެ ކީޕަރު ހުސައިން.
'36 - ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޫޓާންގެ ޝެލްތުރިމް ނަމްޖިޔެލް ވަނީ ރާއްޖޭގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި. ނަމަވެސް ރެފްރީ ނިންމީ އެ ގޯލު ޖެހުމުގެ ކުރިން ބޫޓާންގެ ކުޅުންތެރިޔަކު ރާއްޖޭގެ ކުޅުންތެރިޔަކަށް ފައުލްކޮށްފައިވާ ކަމަށް.
ބޫޓާންގެ އެންމެ މުހިންމު ފޯވަޑް ޗެންޗޯ ޔެލްޓްޝެން ފެށީ ބެންޗުން. ޗެންޗޯ ނެތް ނަމަވެސް، ބޫޓާންގެ އެޓޭކް ފެންނަނީ ވަރަށް ވަރުގަދަކޮށް.
'32 - ބޫޓާނަށް އަނެއްކާވެސް ހުސް ފުރުސަތެއް، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފްގެ މޮޅު ދެ ސޭވް. ޕެނަލްޓީ އޭރިއާ ބޭރުން ޔެޝީ ޑޯޖީ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ހުސައިން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ހުސްކޮށް ހުރެ ޑޯޖީ ފޮނުވާލުމުން ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައި.
މި މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓަމުންދަނީ ހުސައިން ޝަރީފް. އޭނާއަށް ގޯލު ބެލެހެއްޓުމަށް ފުރުސަތު ލިބިފައިވަނީ ތަމްރީނުތަކުގެ ތެރެއިން މުހައްމަދު ފައިސަލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މުބާރާތް ގެއްލުމުން. ހުސައިން އަދި ފައިސަލަކީ ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުންދާ ދެ ކީޕަރުން.
'22 - ބޫޓާނަށް ހުސް ފުރުސަތެއް. ބޫޓާންގެ ކެޕްޓަން ކަރަމް ޝެޑްރުޕް ޝެރިން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރުމާއެކު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ބޫޓާންގެ ޔެޝީ ޑޯޖީއަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައި.
'17 - ރާއްޖެއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ ބޫޓާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ރާއްޖެއިން ލީޑު ހޯދާފައިވީ ނަމަވެސް، އެ ޓީމުގެ ފަރާތުން އަދި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވޭ. ބޫޓާނުން ދަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި، ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.
'10 - ރާއްޖޭގެ ފޭދޫ އިއްބެ އަރިމަތިން ހުރަހެއް ނަގައިދޭން މަސައްކަތްކުރި ނަމަވެސް، އޭނާގެ ހުރަސް ދިޔައީ ބޭރަށް.
'6 - ރާއްޖެއިން ގޯލު ޖަހައި، ލީޑު ހޯދައިފި. ރާއްޖޭގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަމްޕު.
'5 - ރާއްޖެއަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ބޫޓާންގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ހަމަލާއެއް އުފެެއްދުމަށް މަސައްކަތްކުރަނިކޮށް، ބޫޓާންގެ ޓެންޒިން ޑޯޖީ ކުރި ފައުލަކާ ގުޅިގެން.
'3 - ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ދިން ބޯޅަ ނުރައްކާވުމުގެ ކުރިން ބޫޓާން ނިމާ ޝެރިން ދިފާއުކޮށްފި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބޫޓާނުން.
ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ބަންގްލަދޭޝްއާއި ލުބުނާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި ގްރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ލުބުނާނުން ވަނީ ބަންގްލަދޭޝް ބަލިކޮށްފައި. މިއީ ރާއްޖެއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗު.