ޚަބަރު

ރަށު ކައުންސިލުގެ ބާރު ވަކި ކެންޑިޑޭޓަކަށް ހިންގުމަކީ ވޯޓަށް ނުފޫޒު ފޯރުވުން: ރަޝީދު

1

ރަށު ކައުންސިލުގެ ބާރު ވަކި ކެންޑިޑޭޓަކަށް ހިންގުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެދާއިރާ މެންބަރުކަން ކުރައްވާ އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ރަޝީދު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށު ކައުންސލުގެ މެންބަރުންނާއި ޒިންމާދާރުވެރިޔާގެ ނުފޫޒު ބޭނުންކޮށްގެން ކައުންސިލުގެ ބާރު ވަކި ކެންޑިޑޭޓަކަށް ހިންގުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އަދި ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ފާޅުގައި ކެމްޕެއިންތަކުގައި އުޅޭއިރު ސިވިލް ސާވިސް ކޮމިޝަން އޮތީ ނިދާފައިތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ.

ރަޝީދު ވަނީ އެފަދަ ކަމެއްވާއިރަށް ފިޔަވަޅުއަޅަންޖެހެނީ މީގެ ކުރީގެ ސަރުކާރުތަކުން އެކަނިތޯ ސުވާލު ކުރައްވައިފައެވެ.

އަދި މިހާރު އެއީ ހުއްދަކަމެއްތޯ އޭނާ ސުވާލު އުފައްދަވައި ވިދާޅުވީ އެކަން ބަލަންޖެހޭ މިނިވަން މުއައްސަސާއެއް ނެތީތޯވެސް ސުވާލު ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟