އިބްރާހިމް ޒަކީ
މިއަދުގެ ހާލަތަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެ، ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ލިބެމުން ނުދިއުން ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މ. ދިއްގަރުގައި މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޯލީޝަނާއެކު ވެރިކަމަށް ވަޑަައިގެންނެވުމަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެްބާރުލުން ބޭނުންވާކަމަށެވެ.
"ހާލަތަކީ އަޣުލަބިއްޔަތު އޮވެ، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކުންނުދޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މިހާރު އެތުރިފައިވާގޮތަށް ބަލާއިރު، މަޖިލީހުގެ އެއްްބާރުލުން ސަރުކާރަށް ނުލިބުމަކީ އެކަން ވާންޖެހޭގޮތް ނޫން ކަމަށެވެ. އަދި ސަރުކާރު ކޯލީޝަންގެ އަޣުލަބިއްޔަތެއް މަޖިލީހުގައި އޮންނަނަމަ ސަރުކާރަށް އައުމަށްޓަކައި އެކުގައިވީ ވައުދުތައް ތަންފީޒު ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބެންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
"ސަރުކާރަށް ތާއީދު ކުރާ، ސަރުކާރު ކޯލީޝަންގައި ހިމެނޭ އަޣުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަނަމަ ސަރުކާރަށް އައުމައްޓަމައި އެކުގައިވީ ވައުދުތައް ތަންފީޒު ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެއްބާރުލުން ލިބެންޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން ނަމަވެސް ނަތީޖާ ފެންނަމުންދަނީ އެހެނެއްނޫން،" ރައީސް ވިދާޅުވިއެވެ.