އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގެ އަށް ރަށުގެ ތެރެއިން ފަސް ރަށުގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
އަންހެނުންގެ ތަރަައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ބާއްވާފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ރ. އަނގޮޅިތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް އާސިމާ ރަޝީދެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ ހުސައިން މަނިކާ ވާދަކޮށް ހަތް ވޯޓުގެ ތަފާތުންނެވެ.