ރައީސް ޔާމީން

ރައީސް ޔާމީން: އެންމެ އިސްކަން ދިނީ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ސަލާމަތާއި ރައްކާތެރިކަން އިސްކުރައްވައި މިނިވަން ކަމާއި އިސްތިގުލާލު ދަމަހައްޓަން ޚާއްސަ އިސްކަމެއް ދެއްވި ކަމަށެވެ.

މިހާރު ރައީސް އޮފީހުގައި ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އަބަދުވެސް އިސްކަން ދެއްވީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިފާނުގެ ވެރިކަމުގައި އިސްކަން ދެއްވީ އަރަބި އިސްލާމީ ގައުމު ތަކާ އެކު ގުޅުން ބަދަހިކޮށް ބޭއްވުމަށް ކަމަށެވެ.

ރައީސް ޔާމީން ވަނީ ގައުމު ހިންގާ އިރު ވިޔަސް ކުންފުނިތައް ހިންގާ އިރު ކަމަށް ވިޔަސް ގައުމުގެ އިސްތިގުލާލާއި މިނިވަން ކަމަށް ހޭލައި ތިބުމަށް ދިވެހި ރައްޔިތުންނަށް ގޮވައިލައްވައިފަ އެވެ.