ޚަބަރު

ރައީސް ޔާމީން އަލުން ވަޑައިންނެވުމަކީ އިންތިހާބުގެ އުއްމީދުތައް ފުނޑުފުނޑުވާނެ ކަމެއް: ޝާހިދު

އަހުމަދު ޖައިޝަން

2

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެނބުރި ސިޔާސީ މައިދާނަށް ވަޑައިންނެވުމަކީ ރިޔާސީ އިންތިހާބުގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އެގޮތަށް ކަންތައް ވެއްޖެ ނަމަ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ހުއްޓުވުމަށް ކުރި މަސައްކަތްތައް ވާނީ ބޭކާރު ކަމަށެވެ.

"ރައީސް ޔާމީން އެނބުރި ވަޑައިންނެވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއަށް އޮތް ޖީލުގެ ފަރާތްތަކުން މައާފެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ދަނީ ރައީސް ޔާމީންގެ ސަރުކާރުގައި އަނިޔާވެރިވިކަމާ ގުޅިގެން ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަނިޔާވެރިކަން ފޮހެލުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ މުހިއްމު ރޯލެއް ކުޅޭނެ އެއްޗެއް ކަމަށް މިނިސްޓަރު މީގެކުރީން ވަނީ އިޝާރާތްކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟